ރާއްޖޭގައި ކަނޑައަޅާފައިވާ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާކަމުގެ ތުހުމަތުގައި ދެ ބިދޭސީއަކު ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމަށް ކަނޑައަޅާފައިވާ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކައި، ސައްހަ ނޫން ލިޔެކިޔުން ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ދެ ބިދޭސީއަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން އަންނަނީ ބަންގުލަދޭޝްގެ ދެ މީހެއް ކަމަށްވާ މުހައްމަދު އިގްބާލު ހޮސައިން (ޕާސްޕޯޓް ނަންބަރު EE0669802) އާއި ޝޮހެލް (ޕާސްޕޯޓް ނަންބަރު BC0463544) އެވެ. މި ދެ މީހުންނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ދެ މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ދެމީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9790048 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން އެދިފައިވެއެވެ.
އެ ދެ ބިދޭސީން ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފައިވާ އިރު، މިދިޔަ އާދީއްތަ ދުވަހު ފުލުހުން ވަނީ ކަޅު ބާޒާރުގައި ބޭރު ފައިސާ ވިއްކާ ދެ ބޮޑަކު ހައްޔަރުކޮށްފައެވެ. ފުލުހުން ހައްޔަރުކުރި ބަންގުލަދޭޝްގެ ރޮބީއުﷲ އަށް 10 ދުވަސް ހަމަ އެގައުމުގެ މުހައްމަދު ފިރްދައުސްގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހު ޖަހައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު