ޑިންގީއެއްގައި ފަޅު ރަށަކަށް ދިޔަ ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ގެއްލިގެން ހޯދަމުންދަނީ ގދ. މާވާރުލާއި އެ އަތޮޅު ގައްދުއާއި ދެމެދު އޮތް ފަޅުރަށް ޑިންގީއެއްގައި މިއަދު ހެނދުނު ދިޔަ ދެ މީހުން ކަމަށެވެ.

އެމީހުންގެ ހަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓް ލިބިފައިވަނީ މިރޭ 11:03 ހާއިރު ކަމަށާއި އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ގެއްލިގެން ހޯދަމުންދަނީ ގދ. ގައްދޫ ޗިޗަންޑާގޭ، އަބްދުލް އަބްދުލް ރަހީމް (79 އަހަރު) އާއި ހަމަ އެރަށު، ޗަނބޭލީގޭ، ހަސަން މަޖްދީ (25 އަހަރު)އެވެ.