ރާއްޖޭގެ ނުވަ ރަށެއް ފިޔަވައި އެހެން ހުރިހާ ރަށްތަކުގެ 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެޝަނަލް ވެކްސިން ކެމްޕެއިންގެ ފަރާތުން ހައްވާ ގުރައިޝާ ވިދާޅުވީ ރާއްޖޭގެ ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން ނުވަ ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކުން 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ރަށްތަކެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ގުރައިޝާ ވިދާޅުވީ ބޫސްޓާ ޑޯޒް ނުވަތަ ތިންވަނަ ޑޯޒް ޖެހި މީހުންގެ އަދަދުވެސް 7000 އަށްވުރެ މަތިވެފައިވާ ކަމަށާއި މިހާރު އެ ޑޯޒް ޖަހަމުން އަންނަނީ ވަކި ކެޓެގަރީތަކަކަށް ކަމަށެވެ.
ބޫސްޓާ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ޖަހަމުން އަންނަނީ ފައިޒާ ވެކްސިނެވެ.
އެޗްޕީއޭ އިން މިހާރު އަމަލުކުރަމުން އަންނަ އުސޫލުގައިވާ ގޮތުން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އާބާދީގެ 95 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ރަށްރަށަށް ޕީސީއާރު ޓެސްޓާ ނުލައި ދަތުރުކުރެވޭނެއެވެ. އެގޮތުން މިހާރު 170 ރަށަކަށް ވަނީ އެ ހުއްދަ ލިބިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު