ސޯޝަލް މީޑިއާ މެދުވެރިކޮށް ދިވެހި ބަހުން ކުރިސްޓިއަން ދީން ފަތުރަމުންދާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ނަސޯރާ ދީނުގެ ކުރެހުންތަކަކާއި އެ ދީނާ ބެހޭ ވެބްސައިޓެއްގެ ލިންކް ހިމަނާފައިވާ ޕޯސްޓެއް އަންނަނީ ދައުރުވަމުންނެވެ.
ފުލުހުން ބުނީ ސޯޝަލްމީޑިއާގައި ކުރިސްޓިއަންދީން ފަތުރަމުންދާކަން ފުލުހުންގެ ސަމާލުކަމަށް އައިސަފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، އެކަން ހުއްޓުވުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށާއި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ރާއްޖޭގައި ކްރިސްޓިއަން ދީން ފެތުރުމަށް ދިވެހި އަޑު އަޅައިގެން ކްރިސްޓިއަން ދީނާ ގުޅޭ ބައެއް ވީޑިއޯތަކާއި ލިޔުންތައްވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު