ހައިރައިޒް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަަ "މޯލްޑިވްސް ލިވިން އެކްސްޕޯ" ފަށައިފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ފެށި އެކްސްޕޯ ހުޅުއްވައިދެއްވީ ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.
މޯލްޑިވްސް އެކްސްޕޯ އެންމެ ފުރަތަމަ ބާއްވާފައިވަނީ 2013 ވަނަ އަހަރުއެވެ. މިއީ މި އެކްސްޕޯ ބާއްވާ ނުވަވަަނަ ފަހަރެވެ. މި އެކްސްޕޯ އަންނަ ހޮނިހިރު ދުވަހާ ހަަމައަށް ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް ކުރިއަށްގެންދާނެއެވެ.
ލިވިން އެކްސްޕޯގައި ރާއްޖޭގެ ގެދޮރުވެރިކަމަށް އިންވެސްޓް ކުރާނެ ގޮތްތަކާއި ބޯހިޔާވަހިކަމަށް އަޅާ ފްލެޓުތަކަށް ބޭންކު މެދުވެެރިކޮށް ފައިސާ ދައްކާނެ ގޮތްތަކާއި ގޭތެރެއަށް ބޭނުންވާ ފަރުނީޗަރާއި އެކިއެކި ސާމާނުގެ މައުލޫމާތު ލިބޭނެއެވެ.
ހައިރައިޒް އިން ބުނީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި އިނާމުތައް ދޭނެ ކަމަށެވެ.
މިއަހަރުގެ ލިވިން އެކްސްޕޯގެ ޕްލެޓިނަމް ޕާޓްނަރަކީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓެވެ. ގޯލްޑް ޕާޓްނަރަކީ ސަންދަލް މޮރީޝަސްއެވެ. އަދި މެޑިކަލް ޕާޓްނަރަކީ މެޑްޓެކް މޯލްޑިވްސްއެވެ.
މިއަހަރުގެ ލިވިން އެކްސްޕޯގައި 34 ކުންފުންޏަކުން ބައިވެރިވެއެވެ.
- މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑް (އެމްއެމް އިވެންޓްސް)
- އެޕިކް ޝެލްޓާ ބައި ލަކްސް
- އަކުއާ ވިޓާ ރެސިޑެންސީސް
- މެޑްޓެކް
- ހައިއެންޑް ފާނީޗާ
- ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)
- އައިއެންއެމް ޕްރޮޕަޓީ މެނޭޖްމަންޓް
- ޕްރޮކްސީ ހޯމް
- ފަހާމާސް
- އެލައިޑް އިންޝުއަރެންސް
- އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް
- އިންޓާލިފްޓްސް، އޯޓިސް އެންޑް އެއިޓްކެންސްޕެންސް އެލަވޭޓާސް
- އުރީދޫ
- އަކުއާފޯ ބައި ޕާމްޓްރީ މެރިން
- ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)
- ސެންޑަލް މޮރީޝަސް
- ދަ ކްރީކް ވިއު
- ލިންބަކް
- ލިންކްސާވް
- ބްލޫ ހޭވަން
- ރެނަކޮން
- މޯލްޑިވް ގޭސް
- މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)
- ޓްރެންޑިން ހޯމް
- ޑީ ޑެކޯ
- ރެފްކޫލް
- މީޑިއާނެޓް
- ވިލާ ހަކަތަ
- ހޭންޑީ
- މުނި ހޯމް
- އަޒްމީލް ޑިޒައިން ހޯމް
- ރެއިންބޯ
- މޯލްޑިވްސް ވިމެން އެންޓަޕްރިނިއާސް އެސޯސިއޭޝަން
- ކޮކާ ކޯލާ
- މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
- ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)
- އެޕިކް ޝެލްޓާ
- އިންޝުއަރެންސް ޕާޓްނަރު: އެލައިޑް އިންޝުއަރެންސް
- ޑިޖިޓަލް ޕާޓްނަރު: އުރީދޫ
- ޕްރިންޓިން ޕާޓްނަރު: ޕްރިންޓް ލެބް
- ބެވެރޭޖް ޕާޓްނަރު: ކޮކާ ކޯލާ
- ފޮޓޯގުރަފީ އެންޑް ވީޑިއޯގުރަފީ ޕާޓްނަރު: ހާފްކޯޓް މޯލްޑިވްސް
- ސެކިއުރިޓީ ޕާޓްނަރު: އޭއެސްއޭޕީ
- އޮންލައިން މީޑިއާ ޕާޓްނަރުން: ވަން އޮންލައިން، އަދަދު، އަވަސް، ވަގުތު، ހަފްތާ އަދި ތޯ
- ސެޓަޕް ޕާޓްނަރު: އޮފިޝަލް އިވެންޓްސް އެންޑް އޮފިޝަލް އިވެންޓްސް
މިއަހަރުގެ ލިވިން އެކްސްޕޯއަކީ ޕްލޭނިން މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެންޑޯސް ކޮށްފައިވާ އެކްސްޕޯއެކެވެ. އެކްސްޕޯގެ ތެރެއިން އިންވެސްޓަރުންނަށް އެމީހުންގެ އޯޑިއެންސާ ދެމެދު ގުޅުން ގާއިމުކުރުމަށް ބީޓުބީ އަދި ބީޓުސީ ބައްދަލުވުންތައްވެސް ކުރިއަށްދާނެއެވެ. މިއީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ މިފަދަ ފުރަތަމަ ފިޒިކަލް އިވެންޓަށް ވެގެންދާނެއެވެ.
ރާއްޖޭގެ ލީޑިން އިވެންޓް މެނޭޖްމަންޓް، ޕަބްލިކޭޝަން އަދި ޕީއާރު ކުންފުނި ހައިރައިޒް އިން 2013 ވަނަ އަހަރުން ފެށިގެން ބާއްވަން އަންނަ ލިވިން އެކްސްޕޯއަކީ ރިއަލް އެސްޓޭޓްގެ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް އެއް ޕްލެޓްފޯމެއްގެ ތެރެއިން ފެންނާނެ ގޮތް ހަދައި އެ ދާއިރާގެ ފުރުސަތުތައް އެއް ޕްލެޓްފޯމަކުން ދައްކައިދިނުމުގެ މަގުސަދުގައި ބާއްވާ އެކްސްޕޯއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު