ނައިބު ރައީސް ފައިސަލް ނަސީމް ދެ ދުވަހަށް ކުރައްވާ ދަތުރުފުޅެއްގައި މާދަމާ ތިލަދުންމައްޗަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ނައިބު ރައީސް ހއ. ހޯރަފުށި، ހދ. ނެއްލައިދޫ، ހދ. ވައިކަރަދޫ އަދި ކުޅުދުއްފުށީ ސިޓީއަށް ވަޑައިގަތުމަށް މާދަމާ ފުރާވަޑައިގަންނަވާނެ ކަމަށެވެ.

އެ ދަތުރުފުޅުގައި ހޯރަފުށީ މަގުހެދުމުގެ މަޝްރޫއު ނައިބު ރައީސް ފައްޓަވައިދެއްވާނެއެވެ. އަދި އެރަށު އެއާޕޯޓަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން ކުޅުދުއްފުއްޓަށް ވަޑައިގެން އެ ސިޓީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގެ "އުފަންވެނި" ހުޅުއްވައިދެއްވާނެއެވެ.