ކ. މާފުށި ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.

އެ މަސައްކަތް ކުރާ އެމްޓީސީސީން މިއަދު ބުނީ ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވަނީ އިއްޔެ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ދެ ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫއަކީ 8.10 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މިއީ ޕިކްނިކް އައިލެންޑްގެ ގޮތުގައި އެމްޓީސީސީން ބިން ހިއްކާ ތިން ވަނަ މަޝްރޫއެކެވެ.

އެގޮތުން އެމްޓީސީސީން ވަނީ ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރެއިން ކ. ގުރައިދޫ ޕިކްނިކް އައިލެންޑް ހިއްކައިފައެވެ. މީގެ އިތުރުން މާލޭ ސަރަހައްދުގައި ޕިކްނިކް އައިލެންޑްގެ ގޮތުގައި ތަރައްގީ ކުރާ ކ. ކުޑަގިރި ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ފަށައިފައެވެ.