ނަސްރުގެ ދުވަސް ދިވެހިންނަށް ހަނދާން އާކޮށްދެނީ، އަމިއްލަ އެދުމުގެ ކުރިއަށް ދީނާއި ގައުމު ނެރެންޖެހޭކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ހިތާބުގައި އެމަނިކުފާނު ވިދާޅުވީ ނަސްރުގެ ދުވަސް ދިވެހިންނަށް ހަނދާން އާކޮށްދެނީ، ގައުމީ މަސްލަހަތު ދެމެހެއްޓުމުގެ މުހިންމުކަމާއި އަމިއްލަ އެދުމުގެ ކުރިއަށް ދީނާއި ގައުމު ނެރެންޖެހޭކަން ކަމަށެވެ. އަދި ބަދަލުވަމުންދާ ދުނިޔޭގައި ކުރިމަތިލާންޖެހޭ ނުރައްކާތައް ދަނީ ތަފާތުވަމުން ކަމަށާއި އެކަމަކު ރައްޔިތުން، އެއް އަޒުމެއްގައި އެކަތިގަނޑެއްގެ ގޮތުގައި ތިބެ، އެފަދަ ކަންކަމާ ކުރިމަތިލައިފިނަމަ، މާތްﷲގެ ވާގިފުޅާއެކު ކާމިޔާބާއި ނަސްރު ލިބޭނެކަން ކަށަވަރު ކަމަށް ވިދާޅުވިއެވެ.
"އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް، ކާބަފައިންނެކޭ އެއްފަދައިން ހަނގުރާމަކުރުމަށް ފަސްނުޖެހޭ، ޒުވާން ލޭ ހިނގާ ދަރިން، މި ގައުމުގައި އާލާވެ އިތުރުވަމުން ދާންޖެހޭ. ޝަހީދު ކޯޕްރަލް ހުސައިން އާދަމާއި ނޮވެންބަރު ތިނެއްގައި ޝަހީދުވެ ދިޔަ ގައުމީ ބަތަލުން އެ ސާބިތުކޮށްދެއްވީ އެކަން،" ރައީސް ވިދާޅުވިއެވެ.
ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތްވީ ދިވެހި ދަރީންތަކެއް ވެދިން މަތިވެރި ގުރުބާނީގެ ސަބަބުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ދުވަހު ބައިނަލްއަގުވާމީ ދުނިޔެ ރާއްޖެއާއެކު ސާބިތުވެ އޮތް އޮތުމަކީ، ދިވެހިންނަށް ލިބުނު ވަރުގަދަ ހިތްވަރެއް ކަމަށެވެ.
ހާއްސަކޮށް، އަވަށްޓެރި އިންޑިއާއިން އެދުވަހު ފޯރުކޮށްދިން އަސްކަރީ އަވަސް އެހީގެ މަތީން ހަނދާންކޮށް، އެ ގައުމުގެ ރައްޔިތުންނަށާއި ސަރުކާރަށް ހައްގު ޝުކުރު އަދާކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު