ވަގަށް ޑޮލަރުތަކެއް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ނެޝަނަލް ބޭންކް އޮފް ޕާކިސްތާން (އެންބީޕީ)ގެ ނައިބު ރައީސަކު ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކުރީ ޕާކިސްތާނުގެ ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފްއައިއޭ) އިން އިއްޔެ ބޭންކުގެ ހެޑް އޮފީހުގައި ހިންގި ރެއިޑެއްގައެވެ. އެ ރެއިޑު ހިންގުމުގެ ކުރިން ބޭންކުގެ ތިން އޮފިޝަލަކު ފިލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނެއެވެ.
އެފްއިއޭ އިން ހިންގި މި ރެއިޑަކީ ވަގަށް ޑޮލަރު އެތެރެކުރުމާއި ގާނޫނާ ހިލާފަށް ޑޮލަރުގެ މުއާމަލާތްތައް ހިންގާ މީހުން ހޯދައި، ހައްޔަރުކުރުމަށް ފަށާފައިވާ އޮޕަރޭޝަންގެ ތެރެއިން ހިންގި ރެއިޑެކެވެ. އަދި އެ ރެއިޑުތަކުގައި ގިނަ ބަޔަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ.
އެގޮތުން މިދިޔަ އަންގާރަ ދުވަހު، އިދާރާތަކުން ވަނީ ކަރާޗީގައި ހުންނަ މަނީ އެކްސްޗޭޖް ކުންފުންޏެއްވެސް ރެއިޑުކޮށް އަށް މީހަކު ހައްޔަރުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ