ސީ އެމްބިއުލާންސް ގަތުމަށާއި އެ ހިދުމަތަށް މުވައްޒަފުން ތަމްރީނު ކުރުމަށް ޖަޕާނުން ރާއްޖެއަށް 400 މިލިއަން ޖަޕަނީސް ޔެން (46 މިލިއަން ދިވެހި ރުފިޔާ)ގެ އެހީއެއް ދީފިއެވެ.
އެ އެހީ ހަވާލުކުރުމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެހީ ހަވާލު ކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ. އެހީއާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.
ފޮރިން މިނިސްޓްރީން ބުނީ، މި އެހީ ބޭނުން ކުރަން ހަމަޖެހިފައި ވަނީ ރާއްޖޭގެ ސިއްހީ ހިދުމަތްތައް އިތުރަށް ވަރުގަދަކުރުމަށް ކަމަށެވެ. އެގޮތުން ސީ އެމްބިއުލާންސާއި އެމަޖެންސީ ހާލަތްތަކުގައި ނުވަތަ ސީރިއަސް ސިއްހީ ހާލަތްތަކުގައި ހަރަކާތްތެރިވާނެ މުވައްޒަފުން ތަމްރީނު ކުރާނެ ކަމަށް ބުންޏެވެ.
ރަސްމިއްޔާތުގައި ހަލީލު ވިދާޅުވީ، ރާއްޖެއަށް ސީ އެމްބިއުލާންސްގެ ބޭނުން ޖެހިފައިވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. ހާއްސަ ގޮތެއްގައި ކޮވިޑުގެ ބަލިމަޑުކަމާއެކު ސިއްހީ ދާއިރާއަށް ބޭނުންވާ ވަސީލްތައް ބޭނުން ކުރާ މިންވަރު އިންތިހާއަށް އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު