(ރޮއިޓާސް) – ލިތުއޭނިއާގައި ޗައިނާ އިން އުފައްދާ ސްމާޓްފޯނުތައް ބޭނުން ނުކުރަން އަންގައިފިއެވެ.
ލިތުއޭނިއާގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ، ޗައިނާއިން އުފައްދާ ސްމާޓްފޯނުތައް މެދުވެރިކޮށް އެގައުމުގެ ސަރުކާރުން ޖާސޫސް ކުރަމުންދާ ކަމަށެވެ. އަދި ޗައިނާގެ ބައެއް ކުންފުނިތަކުން އުފައްދާ ފޯނުތަކުގައި ސެންސަރުކުރުމުގެ ގާބިލުކަންވެސް ހިމަނާފައިވާ ކަމަށް ލިތުއޭނިއާގެ ސައިބާ ސެކިއުރިޓީ އިދާރާއާ ހަވާލާދީ އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ޗައިނާއިން އުފައްދާ ސްމާޓްފޯނުތައް ނުގަތުމަށާއި އަދި އޭގެ ފޯނެއް ބޭނުންކުރަމުންދާ ނަމަ، ވަގުތުން އެއްލާލަން ވަނީ އަންގައިފައެވެ.
ލިތުއޭނިއާގެ ސައިބާ ސެކިއުރިޓީ އިދާރާ އިން ބުނާ ގޮތުން، ޗައިނާގެ ޒިއޯމީން ޔޫރަޕަށް ވިއްކާ ބައެއް ފޯނުތަކުގައި "ފްރީ ޓިބެޓް"، "ލޯންގް ލިވް ޓައިވާން އިންޑިޕެންޑެންސް" ނުވަތަ "ޑިމޮކްރަސީ މޫވްމަންޓް" ފަދަ ބަސްތައް ދެނެގަނެ، ސެންސަރު ކުރުމުގެ ގާބިލުކަން ހުރެއެވެ. ނަމަވެސް މި ތުހުމަތުތަކަށް ޒިއޯމީން ރައްދު ދީފައެއް ނުވެއެވެ.
ލިތުއޭނިއާގައި ޗައިނާއިން އުފައްދާ ފޯނުތައް ބޭނުން ނުކުރާން އަންގާފައިވާ އިރު، ޗައިނާއާއި ލިތުއޭނިއާއާ ދެމެދު އޮންނަ ގުޅުން ވަނީ ހީނަރުވެފައެވެ. އެއީ ލިތުއޭނިއާގައި ޓައިވާންގެ މިޝަންއެއް ހުޅުވި މައްސަލައިގައެވެ.
އެ މައްސަލަ ގަނޑުގައި ޗައިނާއިން ވަނީ އެގައުމުގައި ހުންނަ ލިތުއޭނިއާގެ ސަފީރު އަނބުރާ ގެންދިއުމަށް އެދިފައެވެ. އަދި ޗައިނާއިން ލިތުއޭނިއާގައި ހުންނަ ސަފީރުވެސް އަނބުރާ ގައުމަށް ގެންނަން ވަނީ ނިންމައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ