ޅ. ކުރެންދޫއަށް މިއަދު އުދަ އަރައި އެރަށުގެ ފުޓްބޯޅަ ދަނޑަށާއި ބައެއް ގެތަކަށް ގެއްލުންވެއްޖެ އެވެ.
ކުރެންދޫ ކައުންސިލް މެމްބަރު އިބްރާހިމް މުފީދު "ވަން" އަށް ވިދާޅުވީ، އެރަށަށް އުދަ އަރާފައިވަނީ ރޭ މެންދަމު 3:30 އެހާކަންހާއިރު ކަމަށެވެ. އަދި އުދަ އެރުމުގެ ސަބަބުން އެރަށު ފުޓްބޯޅަ ދަނޑުގެ ވަށާފާރު ވެއްޓިފައިވާ އިރު، އިތުރުން 100 އަށްވުރެ ގިނަ ގެތަކަށް ލޮނު ވަދެފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އުދަ އެރުމުގެ ސަބަބުން ލިބުނު ގެއްލުން ދެނެގަަތުމަށް މިހާރު އެސެސްމެންޓެއް ހަދަން ފަށާފައިވާ ކަމަށެވެ. އެގޮތުން ލޮނުގެ އަސަރު ކުރި ތިން ގެއެއްގެ ހިފައި ގެންގުޅޭ ތަކެއްތަށާއި ކަރަންޓު ސާމާނުތަކަށް ގެއްލުންވެފައިވާ ކަމަށް ވިދާޅުވި އެވެ. އުދައިގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
މުފީދު ވިދާޅުވީ އުދައެރުމުގެ ސަބަބުން މޫދާ ކައިރީގައި ހަދާފައިވާ ފުޓްބޯޅަ ދަނޑު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އަދި ދަނޑުގެ ވަށާފާރުގެ މޫދާވީ ފަޅިން އެއްކޮށް ވެއްޓިފައިވާ އިރު، ދަނޑުގެ އެއް ފަޅި އެއްކޮށް ހަލާކުވެފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކުރެންދުއަށް މީގެ ކުރިން މިހާބޮޑަށް އުދައަރާފައި ނުވާ ކަމަށެވެ. އަދި ރާޅު މިހާރުވެސް ހުރީ އުސްކޮށް ކަމުން، އުދަ އަރަފާނެ ކަމަށް ބަލައި ކައުންސިލުން މިހާރު ތިބީ އެކަމަށް ތައްޔާރުވެގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު