މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލާއި، ކީރިތި ގުރުއާން ހިތުދަސް ކޮށް، އެއް ވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑެލް، މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދޭން ނިންމައިފި އެވެ.
ކުރިން ހަމަޖައްސަވާފައި ވަނީ، ޖުމުހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި، މި ދެ އިނާމު ދެއްވާ ގޮތަށެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު މި އަހަރު ލިބިވަޑައިގަންނަވާ ބޭފުޅުންގެ އަދަދު ގިނަކަމާއެކު، މަތީ ދަރަޖައިގެ އިނާމާއި ހާފިޒުކަމުގެ އިނާމު، ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްވުމަށް ނިންމީ ކަމަށެވެ. އަދި މިގޮތަށް ހަމަޖެއްސުމާ ގުޅިގެން، މި އަހަރުގެ ޖުމުހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދޭނީ ހަމައެކަނި ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ކަމަށެވެ.
މިއަހަރުގެ ގައުމީ ދުވަހަކީ އަންނަ މަހުގެ ހަތް ވަނަ ދުވަހެވެ. އެއީ ރަބީއުލް އައްވަލް މަހުގެ އެއްވަނަ ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު