ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައެޅި މިންގަނޑަށް ވެކްސިން ފުރިހަމަކުރި 63 ރަށަކަށް ޕީސީއާރު ނެގެޓިވް ނަތީޖާއަކާ ނުލައި ދަތުރު ކުރުމުގެ ހުއްދަދީފިއެވެ.
ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑު ފެތުރުމުންދާތީ، މާލެއިން ރަށްރަށަށް ދަތުރުކުރާ އިރު 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަން ޖެހެއެވެ. ނަމަވެސް ވެކްސިން ޖަހަން ފެށުމުން ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ކަރަންޓީނުވުމެއް ނެތި މާލެއިން ރަށްރަށަށް ދަތުރު ކުރެވޭ ގޮތް ހެދިއެވެ. އެކަމަކު އެގޮތަށް ދަތުރު ކުރެވެނީ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކުއެވެ.
ނަމަވެސް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިން ޖަހަންޖެހޭ އާބާދީގެ 90 ޕަސެންޓު މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ރަށް ރަށަށް ޕީސީއާރު ޓެސްޓު ހެދުމަކާ ނުލައި ދަތުރު ކުރެވޭނެ ގޮތަށް އުސޫލު ބަދަލުކުރިއެވެ.
އެގޮތުން 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް ވެކްސިން ފުރިހަމަވުމާއި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންގެ 90 ޕަސެންޓް ވެކްސިން ފުރިހަމަވުމުގެ އިތުރުން ގެސްޓްހައުސް ހުންނަ ރަށްރަށުގައި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ މީހުންނާއި ޓޫރިސްޓު ހިދުމަތުގައި މަސައްކަތްކުރާ މީހުންގެ 95 ޕަސެންޓް ވެކްސިން ފުރިހަމަވެފައިވާ ނަމަ، އެރަށަކަށް ޕީސީއާރު ޓެސްޓު ނުހަދައި ދަތުރު ކުރެވޭނެއެވެ.
ރާއްޖޭގައި މިހާތަނަށް 391،153 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައިވާ އިރު، ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދަކީ 332،529 އެވެ.
- ހއ. އުލިގަމު
- ހއ. މުރައިދޫ
- ހދ. ނެއްލައިދޫ
- ހދ. ކުމުންދޫ
- ހދ. ނޮޅިރަމްފަރު
- ނ. މަނަދޫ
- ނ. މަގޫދޫ
- ނ. މާޅެންދޫ
- ރ. މަޑުއްވަރީ
- ރ. އިންނަމާދޫ
- ރ. މީދޫ
- ރ. އަލިފުށި
- ބ. ފެހެންދޫ
- ބ. ފުޅަދޫ
- ބ. ކިހާދޫ
- ބ. އޭދަފުށި
- ބ. މާޅޮސް
- ބ. ކަމަދޫ
- ބ. ކެންދޫ
- ބ. ދޮންފަނު
- ބ. ތުޅާދޫ
- ބ. ކުޑަރިކިލު
- ޅ. ނަިފަރު
- ޅ. އޮޅުވެލިފުށި
- ޅ. ކުރެންދޫ
- ކ. ގުޅި
- ކ. ހުރާ
- ކ. ގާފަރު
- ކ. ދިއްފުށި
- ކ. މާފުށި
- އއ. މަތިވެރި
- އއ. ރަސްދޫ
- އއ. ފެރިދޫ
- އއ. އުކުޅަސް
- އދ. ދިގުރަށް
- އދ. ދަނގެތި
- ވ. ރަކީދޫ
- ވ. ފެލިދޫ
- ވ. ކެޔޮދޫ
- ވ. ފުލިދޫ
- ވ. ތިނަދޫ
- މ. ކޮޅުފުށި
- މ. ނާލާފުށި
- މ. މުލަށް
- ފ. މަގޫދޫ
- ފ. ދަރަނބޫދޫ
- ފ. ފީއަލި
- ދ. ބަނޑިދޫ
- ދ. ރިނބުދޫ
- ދ. ހުޅުދެލި
- ދ. މީދޫ
- ދ. މާއެނބޫދޫ
- ތ. ތިމަރަފުށި
- ލ. ހިތަދޫ
- ލ. މުންޑޫ
- ލ. އިސްދޫ ކަލައިދޫ
- ލ. މާމެންދޫ
- ގއ. ދެއްވަދޫ
- ގއ. ނިލަންދޫ
- ގއ. މާމެންދޫ
- ގއ. ކަނޑުހުޅުދޫ
- ގއ. ވިލިނގިލި
- ގދ. ރަތަފަންދޫ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު