ޕާކުކޮށްފައި އޮތް ވޭނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ދަރުބާރުގޭ ކައިރީގައި ޕާކު ކޮށްފައި އޮތް ވޭނެއްގެ ޑޭޝްބޯޑު މަތީގައި ބާއްވާފައި އޮތް ޕަވާ ބޭންކުތަކެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ ރިޕޯޓެއް މިއަދު ހެނދުނު 10:31 ހާއިރު ލިބިފައިވާ ކަމަށެވެ.

ވޭނުގައި ރޯވި އަލިފާންގަނޑު ފަޔާ އެންޑް ރެސްކިއު ސާވިސް އިން ނިއްވާލި އިރު، ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.