ރަސްފަންނު ސަރަހައްދުގެ މޫދަށް ގިނަ އަދަދެއްގެ ތެޔޮ އެޅި، އެ ސަރަހައްދު ވަރަށް ބޮޑަށް ތަޣައްޔަރުވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ރަސްފަންނު ސަރަހައްދުގެ މޫދަށް ގިނަ އަދަދެއްގެ ތެޔޮ އެޅިފައިވާތީ، ކޯސްޓް ގާޑްގެ ޑައިވަރުން އެ ސަރަހައްދު ސާފުކުރުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ތެޔޮ އެޅިފައިވަނީ ރަސްފަންނުގެ އައިޖީއެމްއެޗާވީ ދިމާލަށެވެ.
ރަސްފަންނު މޫދަށް ގިނަ އަދަދެއްގެ ތެޔޮ އެޅި، އެ ސަރަހައްދުގެ ގޮނޑުދޮށްވެސް ވަނީ ވަރަށް ބޮޑަށް ކަޅުވެފައެވެ. އެހެންވެ ފުލުހުން މިހާރު ވަނީ އެސަަރަހައްދު ބަންދުކޮށްފައެވެ.
އެކަމާ ގުޅިގެން އެންވާރުމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް މިރޭ "ވަން" އަށް ވިދާޅުވީ، އެ ސަރަހައްދަށް އީޕީއޭއިން އެޓެންޑުވެފައިވާ ކަމަށާއި ތެޔޮ އެޅިފައިވާ ސީދާ ސަބަބު އަދި ނުހޯދޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު