އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް (އޯޓީޖޭ) އިން މައްސަލަތައް ހުށަހެޅުމަށް ހުޅުވާލި މުއްދަތު މިރޭގެ ނިޔަލަށް އިތުރުކޮށްފިއެވެ.
އޯޓީޖޭ އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، ނިޒާމީ ސިފައެއްގައި ރާވައިގެން ދިވެހި ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ދައުލަތުގެ މުއައްސަސާތަކުންނާއި މުއައްސަސާތަކުގެ އިސް ހިންގުންތެރީން ހިންގާފައިވާ އަމަލުތަކާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް އެ އޮފީހުން ހުޅުވާލި މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާއިރު، އަދިވެސް ގިނަ އަދަދެއްގެ މައްސަލަތައް ހުށަހަޅަމުން އަންނަ ކަމަށެވެ.
އެހެންކަމުން ވީހާވެސް ގިނަ އާންމުންނަށް މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، މިރޭ 12:00 އާ ހަމައަށް އޮފީހުގެ ރިސެޕްޝަނަށް މައްސަލަ ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފައި ވާނެ ކަމަށެވެ.
އެ އޮފީހަށް އެއްވެސް މައްސަލައެއް ހުށަހަޅުއްވަން ބޭނުންވާ ނަމަ މިރޭގެ ނިޔަލަށް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ އީމެއިލް މެދުވިރިކޮށް މައްސަލަ ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު