ހެންވޭރުގެ ބައެއް ގެތަކުން މިރޭ ފެނުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށް ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ މާލެ ސިޓީ ކައުންސިލްގެ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ގެ ދަށުން ރޯޝަނީ މަގުގައި ކުރިން އަޅާފައިވާ ފެން ހޮޅި އާއި މިހާރު އަލަށް އަޅާފައިވާ ފެން ހޮޅި ގުޅުވުމުގެ މަސައްކަތް މިރޭ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން ސޯސަންމަގާއި ކަސްތޫރީ މަގާ ދެމެދުން ރޯޝަނީ މަގުގައި ހިމެނޭ ހުރިހާ ގެތަކުން މިރޭ 11:00 އިން ފަތިހު 5:00 އަށް ފެނުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.

ފެން ކަނޑާލުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިއުއެސްސީން ވަނީ މައާފަށް އެދިފައެވެ.