ހުޅުމާލޭގައި ހުންނަ ފިޔަވަތީ މުވައްޒަފުންތަކެއް އެތާ ތިބޭ ކުދީންނަށް އަނިޔާ ކުރި މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި ފިޔަވަތީގައި ކުދީން ތަކަކަށް އަނިޔާކުރާ ކަމުގެ އަޑުތަކެއް އިވޭތީ ކަމަށް ބުނެ، ބަޔަކު ވަނީ އެ އިމާރާތުގެ ކައިރިއަށް އެއްވެފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ކުދިންނަށް ފިޔަވަތީ މުވައްޒަފުން އަނިޔާކުރި ކަމުގެ މައުލޫމާތެއް ނުލިބޭ ކަމަށެވެ. ނަމަވެސް ފިޔަވަތީގެ ފާރު މައްޗަށް ބަޔަކު އަރައި އުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔަ ކަމަށާއި އެކަމަކު އެތަނުގައި އެއްވެސް މީހަކު ނެތް ކަމަށެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

ފިޔަވަތީގައި ކުދީންނަށް އަނިޔާ ކުރާ މައްސަލަތަކުގެ އަޑުތައް މީގެ ކުރިންވެސް ފެންމަތިވި އެވެ.