މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ފާހަގަކުރެވޭ ތަންތަނަށް މީހުން ވަނުން ހުއްޓުވުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު ފެށި އެ އޮޕަރޭޝަނުގައި އެފަދަ ތަންތަނުގެ ބޭރުގައި 24 ގަޑިއިރަށް ފޯރިމަރަމުންދާނެ ކަމަށެވެ. އަދި އެތަންތަނުގެ ވެރިފަރާތަށް މިހާރު ގާނޫނީ އިންޒާރު ދީފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ، އެފަދަ އަށް މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އިތުރު ހަތަރު މައްސަލައެއްގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރަން ދޫކޮށްފައި ހުރި މައްސަލައިގައި މ. ބްރައިޓްފްލާވާ ހުސައިން ޔޫސުފުގެ މައްޗަށް ދައުވާކުރަން ކުރިމިނަލް ކޯޓަށް މިހާރު ވަނީ ފޮނުވައިފައެވެ.