އިންގްލެންޑުން ހަންގޭރީއާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުގައި ހަންގޭރީ ސަޕޯޓަރުން ފަރާތުން ނަސްލީ ގޮތުން ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލަތަކެއް ފީފާއިން ބަލަން ފަށައިފިއެވެ.
ހަންގޭރީގެ ބުޑަޕެސްޓްގައި ކުޅުނު މެޗުގައި އިންގްލެންޑް 4-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާ އިރު، އެ މެޗު ފެށުނު ހިސާބުން ފެށިގެންވެސް ހަންގޭރީ ސަޕޯޓަރުން ދިޔައީ އިންގްލެންޑް ޓީމަށް އެކި ގޮތް ގޮތުން ފުރައްސާރަތައް ކުރަމުންނެވެ. މެޗު ފެށުމުގެ ކުރިން އިންގްލެންޑް ކުޅުންތެރިން ކަކޫ މައްޗަށް ތިރިވެ، ނަސްލީ ތަފާތުކުރުމަށް ދޭ މެސެޖު ދިނުމާއެކުވެސް 65،000 މީހުން ވަދެ ތިބި ސްޓޭޑިއަމްއިން ވަނީ "ބޫ" ކޮށްފައެވެ.
މެޗުގައި ރަހީމް ސްޓާލިންއާއި ޖޫޑު ބެލިންހަމަށް ނަސްލީ ގޮތުން ދިމާކުރުންތައް އަމާޒުވެފައިވާ އިރު، ސްޓާލިން ގޯލު ޖަހައި އުފާފާޅުކުރަން ދިއުމުން ބިޔަރު ތަށިތައްވެސް ވަނީ އުކާފައެވެ. އަދި މެޗުގެ ތެރެއިން ހަންގޭރީ ސަޕޯޓަރުން ވަނީ ދަނޑަށް ފްލެއާވެސް އުކާފައެވެ.
ހަންގޭރީގެ ފުޓުބޯޅަ ފެޑަރޭޝަނުން ބުނެފައި ވަނީ މެޗުގައި ނަސްލީ ދިމާކުރުންތަކާއި އެހެނިހެން ހަމަނުޖެހުންތައް ހިންގި ބަޔަކު ހޯދައި، އެކަމަށް ފުރިހަމައަށް އަދަބު ދޭންޖެހޭ ކަމަށެވެ. އަދި މިހާރުވެސް ދަނޑަށް ފްލެއާ އާއި ތަށި ފަދަ ތަކެތި އުކި ސަޕޯޓަރުން ހޯދިފައިވާ ކަމަށާއި އެ ސަޕޯޓަރުންނަށް ހަރުކަށި އަދަބު ދޭނެ ކަމަށްވެސް ބުންޏެވެ.
ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުން ބައެއް ކުޅުންތެރިން ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކައިފައެވެ. ހާއްސަކޮށް އިންގްލެންޑުގެ ސީނިއާ ކުޅުންތެރިން ވަނީ ސޯޝަލް މީޑިއާގައިވެސް ހަންގޭރީ ސަޕޯޓަރުންގެ އަމަލުތަކަށް ފާޑު ކިޔައިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު