ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އިތުރު ކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއިން އުމްރާ އަށް މީހުން ގެންދިއުމަށް ކުންފުނި ތަކަށް ހުއްދަ ދީފައިވަނީ ދެ އަހަރު ދުވަހަށް ކަމަށެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން މިދިޔަ އަހަރާއި މިއަހަރުގެ މިހާ ހިސާބަށް އެ ކުންފުނިތަކަށް އުމްރާ ދަތުރުތައް ރާވައި ހިންގުމަށް އެކަށީގެންވާ ފުރުސަތެއް ލިބިފައި ނުވާ ކަމަށެވެ.
މިނިސްޓްރީން ބުނީ އުމްރާއަށް ގެންދިއުމާ ބެހޭ އުސޫލުގެ ދަށުން އެ މިނިސްޓްރީއަށް ލިބިދީފައިވާ އިހުތިޔާރުގެ ދަށުން އުމްރާ އަށް މީހުން ގެންދިއުމަށް މިހާރު ހުއްދަ ދީފައިވާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރު ކޮށްދީފައިވާ ކަމަށެވެ.
ކޮވިޑު-19އިގެ ސަބަބުން މައްކާވެސް ބަންދު ކުރިއެވެ. ނަމަވެސް ޝަރުތު ތަކަކާއެކު އުމްރާގެ އަޅުކަމަށް ދިއުމުގެ ހުއްދަ ސައުދީ ސަރުކާރުން އަލުން ވަނީ ދީފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު