ޕޮޒިޓިވް ކޭސްތަކެއް ފެނި ލ. މުންޑުއާއި ށ. މިލަންދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
މުންޑޫ ކައުންސިލުން ބުނީ، މިމަހުގެ 25ގައި އެރަށުން ނެގި ސާމްޕަލްތަކެއް ޕޮޒިޓިވްވުމުން އެރަށް މިއަދު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށެވެ.
މިލަންދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ އަލާމާތްތައް ހުރެގެން ސާމްޕަލް ނެގި ބަޔަކު ޕޮޒިޓިވް ވުމުންނެވެ. "ވަން" އަށް އެނގިފައިވާ ގޮތުގައި އެރަށުން ޕޮޒިޓިވްވެފައި ވަނީ ތިން ކުދިންގެ އިތުރުން މީހެކެވެ.
އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މިރޭގެ ވަގުތެއްގަ އެވެ.
މުންޑުއާއި މިލަންދޫ ހިމެނޭ ގޮތަށް މިވަގުތު ރާއްޖޭގެ 15 ރަށެއް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު