އެކިއެކި ފަރާތްތަކުން ރާއްޖެއަށް އަމާޒުކޮށް އުދުވާނީ ހަމަލާތައް ދޭން މަސައްކަތްކުރާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ސިފައިންގެ 67 ވަނަ އަސާސީ ތަމުރީން ފުރިހަމަ ކުރި ސިފައިން ހުވާކުރުމަށް ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ، ބަދަލުވަމުންދާ ދުނިޔެއާ އެކު ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ދިވެހި އަސްކަރިއްޔާ އިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ތަމުރީން ޕްރޮގުރާމުތައް ހިންގަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ޝަމާލް ވިދާޅުވީ، ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ވެއްްޓަށް ބަދަލުތަކެއް އަންނަމުންދާ ކަމަށާއި އެކަމުގެ ސަބަބުން އެކިއެކި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. އެގޮތުން ސަލާމަތީ މަސްރަހު ކިލަނބުވެފައިވާ މިދުވަސްވަރު ހައިބްރިޑް އިންޒާރުތަކާއި އެކިއެކި ނުރައްކާތެރި ފަރާތްތަކުން އުދުވާނީ ހަމަލާތައް ރާއްޖެއާ ދިމާލަށް އަމާޒުކުރާ ކަމަށް ވިދާޅުވިއެވެ.
"މިކަންކަމާ ކުރިމަތިލުމަށް ދިވެހި އަސްކަރިއްޔާގެ ގާބިލުކަމާއި އޮޕަރޭޝަނަލް ކެޕޭސިޓީ އިތުުރުކޮށް ނިޒާމުތައް ހަރުދަނާކޮށް އާލާތްތައް އިތުރުކޮށް ވަސީލަތްތައް ހޯދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި މިގެންދަނީ ކުރަމުން" ޝަމާލް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު