ހުޅުމާލޭގައި ޕޫލް ކުލަބެއް ހިންގާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
ޕޫލް ކުލަބް ހަދަން ނިންމާފައި ވަނީ ހުޅުމާލެ "ރުއްގަނޑު 2"ގެ 6،027 އަކަފޫޓުގެ ސަރަހައްދެއްގައެވެ. އަދި އެތަނަކީ ހުރިހާ އުމުރެއްގެ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ޖާގަ ލިބޭނެ ގޮތަށް ހަދާ ތަނެއް ކަމަށް އެޗްޑީސީން ބުންޏެވެ.
މޫދާ އެހާ ދުރުނޫން ހިސާބެެއްގައި ހަދާ އެ ޕޫލު ސަރަހައްދުގައި 4.5 ކިލޯމީޓަރުގެ ދުވާ ޓްރެކެއްވެސް ހަދާނެ ކަމަށާއި އެ ޓްރެކުގައި ފުރޮޅުލީގޮނޑީގައި އުޅޭ މީހުންނަށް ދުއްވޭނެ ކަމަށްވެސް ބުންޏެވެ.
އެޗްޑީސީން ބުނީ، އެކަމަށް ޝައުގުވާރިވާ މީހުން އަންނަ މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ މީހުން ޕްރޮޕޯސަލް ހުށަހަޅާ އިރު ބިޑް ސެކިއުރިޓީވެސް ހުށަހަޅަން ޖެހޭނެ ކަމަށް ބުންޏެވެ.
ހުޅުމާލޭގައި ޕޫލް ކުލަބެއް ހަދަން ނިންމާފައި މިވަނީ އެ އަވަށުގެ ގޮނޑުދޮށް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ދަށުންނެވެ. އެތަނުގެ ގޮނޑުދޮށް ތަރައްގީ ކުރަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު