ށ. ޅައިމަގުގައި އުމުރުން 17 އަހަރުގެ ކުޑަކުއްޖަކު ރަހީނުކޮށް އަނިޔާ ކުރި މައްސަލާގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، 17 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާ ކުރި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ޅައިމަގުން ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަނިޔާ ލިބުނު ކުއްޖާގެ މަންމަ އިއްޔެ ''ވަން'' އަށް ކިޔައިދިން ގޮތުން، މިދިޔަ އާދިއްތަ ދުވަހުގެ ރޭ، ބޭރު ޖޯލީގައި ދަރިފުޅު އޮއްވައި ތިން މީހުންގެ ގުރޫޕަކުން ގޮސް ދަރިފުޅު ގަދަކަމުން ރަހީނު ކޮށްގެން ގެންދިޔައެވެ. އަދި އެރޭ ދަރިފުޅު ގެއަށް ދިޔަ އިރު، ހަށިގަނޑުގެ އެކި ތަންތަނުގައި ސިނގިރޭޓު ޖައްސާފައި ހުރިކަމުގެ ނިޝާންތަކާއި ތަޅައި އަނިޔާ ކޮށްފައި ހުރި ނިޝާންތައް ފެންނަން ހުރި ކަމަށް ބުންޏެވެ.
ކުއްޖާގެ މަންމަ އިތުރަށް ބުނީ، ތިން މީހުންވެގެން އޭނާގެ ދަރިފުޅު ރަހީނު ކުރިނަމަވެސް، 10 ވަރަކަށް މީހުންގެ ގުރޫޕަކުން އަނިޔާކުރި ކަމަށް ދަރިފުޅު ބުނާ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ އަނިޔާ ކުރި މީހުންގެ ވާހަކަ ފުލުހުންނާ ހިއްސާ ކުރާތީ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު