ދ. ހުޅުދެލި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

ހުޅުދެލި ބަނދަަރު މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމުގެ 82 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކުރީޓު ގަލުގެ ފުރަތަމަ ޝިޕްމަންޓު މިހާރު ޕްރޮޖެކްޓު ސައިޓަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

ޖުމުލަ 39.8 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން 49,612 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 432 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 337 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި 252 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓު ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އަދި މަގު ބައްތި ހަރުކުރުމާއި 1,645 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓްވެސް ހަދާނެއެވެ.