އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން، (އެފްޑީއޭ) ގެ ދާއިމީ ހުއްދަ ލިބުނު ފުރަތަމަ ވެކްސިނަކަށް ފައިޒާ ވެއްޖެއެވެ.
ފައިޒާ ވެކްސިން ބޭނުންކުރުމަށް ދާއިމީ ހުއްދަ އެފްޑީއޭ އިން އިއްޔެ ދީފައިވާއިރު، މި ވެކްސިން ހުއްދަކޮށްފައިވަނީ އުމުރުން 16 އަހަރު ފުރިފައިވާ މީހުންނަށް ދިނުމަށް އެކަންޏެވެ.
މިއީ އެމެރިކާގެ އެފްޑީއޭގެ ދާއިމީ ހުއްދަ ލިބުނު އެންމެ ފުރަތަމަ ވެކްސިނަށް ވާއިރު، މިއީ ވެކްސިނާ ދޭތެރޭގައި މީހުން ދެކޭ ގޮތް ބަދަލުކޮށްލާނެ ހެޔޮ ބަދަލެއް ކަމުގައި ސިއްހީ މާހިރުން ވިދާޅުވެއެވެ.
އެފްޑީއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން އެމެރިކާގައި 16 އަހަރުން މަތީގެ މީހުންނަށް އިމަޖެންސީ ކޭސްތަކުގައި މި ވެކްސިން ދިނުމަށް ހުއްދަ ދީފައިވާނެ ކަމަށެވެ. އަދި މި އަހަރު މެއި މަހުން ފެށިގެން، އުމުރުން 12 އަހަރުން މަތީގެ މީހުންނަށްވެސް ފައިޒާ ވެކްސިން އިމަޖެންސީ ކޭސްތަކުގައި ދިނުމަށް ހުއްދަދީފައިވާނެ ކަމަށެވެ.
އެމެރިކާގައި 170 މިލިއަން މީހުންނަށް މިހާރު ވެކްސިން ދީފައިވާއިރު، އޭގެ ތެރެއިން 92 މިލިއަން މީހުންނަށް ދީފައިވަނީ ފައިޒާ ވެކްސިން އެވެ.
ޚަބަރު
ޚަބަރު
ޚަބަރު