މާލޭގެ އިމާރާތަކުން އަންހެނަކު ވެއްޓި އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 4:00 ގައި އަމީނީމަގު ސްޓޮޕް އެންޑް ޝޮޕް ފިހާރަ ކައިރީ ހުރި ގެއެއްގެ މަތިން އަންހެނަކު ވެއްޓިފައިވާކަމުގެ މައުލޫމާތެއް ލިބިފައިވާ ކަމަށެވެ.
ނަމަވެސް އޭނާ ވެއްޓިފައި ވަނީ އެ އިމާރާތުގެ ކިތައް ވަނަ ފަންގިފިލާއިން ކަމެއް އަދި ވެއްޓުނީ ކީއްވެ ކަމެއްވެސް ސާފެއް ނުވެއެވެ.
އަންހެން މީހާއަށް މިހާރު ދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ. ނަމަވެސް އޭނާއަށް ލިބިފައި ވަނީ ކިހާ ވަރެއްގެ އަނިޔާއެއް ކަމެއްވެސް އަދި ސާފެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު