އެމެރިކާގެ މިލިޓަރީ ފްލައިޓު ކާބުލް އެއާޕޯޓުން ނައްޓާލި ގަޑީގައި، ފްލައިޓުގައި އެލިގެން އޮއްވައި ވެއްޓި މަރުވެފައި ވަނީ އަފްގާނިސްތާނުގެ ޒުވާން ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިއެއް ކަމަށް އިދާރާތަކުން ބުނެފިއެވެ.
އަފްގާނުގެ އިދާރާތަކުން ބުނެފައި ވަނީ މަރުވެފައި ވަނީ ފުޓުބޯޅަ ކުޅުންތެރިޔާ ޒަކީ އަންވާރީ ކަމަށެވެ. އޭނާގެ އުމުރުން މިހާރު 19 އަހަރެވެ. ޒަކީ ވަނީ އަފްގާނިސްތާނުގެ 23 އަަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފައެވެ.
ތާލިބާނުން އަފްގާނިސްތާނުގެ ވެރިކަމަށް އައުމާއެކު ގިނަ ރައްޔިތުންތަކެއް ވަނީ އަފްގާން ދޫކޮށް ހުޅަނގުގެ ގައުމުތަކަށް ހިޖުރަކުރަން މަސައްކަތް ފަށައިފަ އެވެ. އެގޮތުން އެތައް ސަތޭކަ ބަޔަކު ކާބުލް އެއާޕޯޓަށް ޖަމާ ވެ، އެއާޕޯޓު މަތީގައި ހުރި ފްލައިޓުތަކަށް ގަދަކަމުން އަރަން މަސައްކަތް ކޮށްފައިވެއެވެ. އެކި ގައުމުތަކުގެ ޑިޕްލޮމެޓުން ބޭރުކުރަން އެގައުމުތަކުގެ ފްލައިޓުތައް ކާބުލް އެއާޕޯޓަށް ޖައްސަމުން އަންނައިރު، އެ ފްލައިޓުތަކުގައި އާންމުންވެސް ގެންގޮސްފައިވެއެވެ.
އެމެރިކާގެ ފްލައިޓު ނައްޓާލިއިރު ފުޓުބޯޅަ ކުޅުންތެރިޔާ ޒަކީ އެލިގެން އޮތީ ލޭންޑިން ގިޔަރުގައި ކަމަށް ބެލެވެއެވެ. އެމެރިކާގެ އިދާރާތަކުން ބުނެފައި ވަނީ ލޭންޑިން ގިޔަރުގައި ލެއާއި ހަށިގަނޑުގެ ބައެއް ބައިތައް ޗަސްވެފައިވާ ކަމަށެވެ.
ޒަކީގެ މަރާ ގުޅިގެން އަފްގާނުގެ ކުޅިވަރު ބައެއް އިދާރާތަކުން ވަނީ ހިތާމަ ފާޅުކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު