ކަރީނާ ކަޕޫރު އަދި ސައިފް އަލީ ހާންގެ ދަރިފުޅު ޖެހްގެ ފޮޓޯތަކެއް އިއްޔެވަނީ މުޅި މީޑިއާގައި ދައުރުވާން ފަށާފައެވެ.
ޖެހް އަލީ ހާންގެ ފޮޓޯއެއް މިހާ ސާފުކޮށް މީހުންނަށް ފެނިގެންދިޔަ މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދެމަފިރިންގެ ހަގު ދަރިފުޅުގެ އާއްމުކޮށްފައިވާ ފޮޓޯގައި ޖެހްގެ މޫނު ރީތިކޮށް ފެނިގެން ގޮސްފައެއް ނުވެއެވެ.
ކުދިންގެ ކާފަ ރަންދީރު ކަޕޫރުގެ ގެއަށް އިއްޔެ ސައިފް އަދި ކަރީނާ ދެ ދަރިންނާއެކު ދަނިކޮށް މަގުމަތިން ނަގާފައިވާ ފޮޓޯތަކުން ފެންނަ، އެންމެ ފަސްމަހުގެ ޖެހް ބޮޑަށް ވައްތަރުވަނީ ކަރީނާއާ ކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ކަރީނާގެ ދަރިފުޅު ޖެހް އަށް ފުރިހަމަ ނަމަކަށް ޖެހަންގީރު އަލީ ހާން ކިޔާފައިވާތީ ގިނަ ބަޔަކު މިދިޔަ ހަފުތާގެ ތެރޭގައި ފާޑުކިޔާފައިވާއިރު 2016 ވަނަ އަހަރު ދޮށީ ދަރިފުޅު ތައިމޫރު އަލީ ހާނަށް އެނަން ކިޔުމުންވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެން ގޮސްފައިވެ އެވެ.
ދަރިފުޅުގެ ނަމާ ގުޅުވައިގެން މީހުން ކިޔާ އެއްޗެއްސާ ދޭތެރޭ ދެކެނީ ކިހިނެއްތޯ މީޑިއާއަކުން ސުވާލުކުރުމުން ކަރީނާ ބުނެފައިވަނީ އޭނާއަކީ ހިތްހަމަޖެހިގެން ހުރުމަށް މަސައްކަތްކުރާ މީހެއް ކަމަށެވެ. ކޮވިޑުގެ މިހާލަތުގައި ރުޅިވެރިކަމުގެ ބަދަލުގައި އުފާވެރިކަން ހިއްސާކުރަން ބޭނުންވާ ކަމަށާއި، ކޮންމެ ތައުރީފަކާ އެކު ފާޑުކިޔުންތަކަކީ އަންނާނެ އެއްޗެއް ކަމުގައި ކަރީނާ ވަނީ ބުނެފައެވެ. އަދި އެކަން ހާއްސަކޮށް އޭނާގެ ދެދަރިންނަށް އަމާޒުވެފައިވާތީ އެކަންކަން ހުއްޓުވޭނެ ނަމައޭ ހިތަށް އަރާ ކަމަށާއި ނަމަވެސް އެއީ ވާނެ ކަމެއް ނޫން ކަމުގައި ކަރީނާ ވަނީ ބުނެފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން