ށ. ފޯކައިދޫ އާއި ގދ. ނަޑެއްލާ އާންމު ހާލަަތަށް ގެނެސްފިއެވެ.
ށ. ފޯކައިދޫން ޑޮކްޓަރަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.
ފޯކައިދޫ އާންމު ހާލަތަށް ލާފައިވާއިރު އެރަށުން މިހާތަނަށް، 167 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރެއިން މިހާރު ބަލިން ފަސޭހަ ނުވެ ތިބީ 18 މީހެކެވެ.
ނަޑެއްލާ ވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. ނަޑެއްލާ މޮނީޓަރިންގެ ހާލަތުން މިއަދު ނެގި އިރު، އެރަށުން މިހާތަނަށް ޖުމުލަ 213 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިހާތަނަށް އެރަށުން ބަލިން ފަސޭހަ ނުވެ ތިބީ 18 މީހެކެވެ.
ށ. ފޯކައިދޫ އާއި ގދ. ނަޑެއްލާ އާންމު ހާލަތަށް ގެނެސްފައިވާ އިރު، ރާއްޖޭގައި މީހުން ދިރިއުޅޭ ނުވަ ރަށެއް މިވަގުތު މޮނީޓަރިންގެ ހާލަތުގައި އެބައޮތެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު