ސުނާމީ ކާރިސާގެ ސަބަބުން ލ. މުންޑޫގެ ވެއްޓުނު ގެތަކާއި މަގުފާރުތަކުގެ ގާތައް ނަގައި، އެމްޓިސީސީން އެތަން ސާފުކޮށްފި އެވެ.
އެމްޓިސީސީން ބުނީ މި މަސައްކަތަކީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ.
އެގޮތުން މުންޑޫގައި 2004 ވަނަ އަހަރު ދިމާވި ސުނާމީ ކާރިސާގެ ސަބަބުން ވެއްޓުނު ގެތަކާއި މަގުފާރުތަކުން ވެއްޓުނު ގާތައް މީހުން ދިރިއުޅޭ ސަރަހައްދުން ނަގައި ބިން ސާފުކުރުމުގެ މަސައްކަތް މިމަހުގެ އަށްވަނަ ދުވަހު ނިންމާލާފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.
މުންޑޫ އަކީ ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ރަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު