އަލާމާތްތައް ހުރެގެން ފުލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމުން ތ. ހިރިލަންދޫ އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހިރިލަންދޫ ކައުންސިލުގެ ނައިބު ރައީސް ސާޖިދު އާދަމް "ވަން" އަށް ވިދާޅުވީ، އެރަށުން ޕޮޒިޓިވްވީ އަލާމާތްތައް ހުރެގެން އިއްޔެ ސާމްޕަލް ނެގި މީހެއް ކަމަށާއި އެމީހާގެ ސާމްޕަލްގެ ނަތީޖާ މިއަދު ލިބުނު އިރު ކޮވިޑަށް ޕޮޒިޓިވް ކަމަށެވެ.
ސާޖިދު ވިދާޅުވީ، ޕޮޒިޓިވްވީ ފިރިހެނެއް ކަމަށާއި އެމީހާގެ ކޮންޓެކްޓުން ކޮންމެވެސް ވަރަކަށް އެބަތިބި ކަމަށެވެ. އަދި އެމީހުން ކަރަންޓީން ކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ހިރިލަންދޫން ޕޮޒިޓިވްވީ މިފަހުން މާލެއަށް ދަތުރުކޮށްފައިވާ މީހެކެވެ. އަދި އެމީހާއަކީ ވެކްސިންގެ ޑޯޒްވެސް ފުރިހަމަކޮށްފައިވާ މީހެކެވެ.
އަލާމާތްތައް ހުރެގެން ދެއްކި މީހަކު ޕޮޒިޓިވްވުމުން މިދިޔަ މޭ މަހުގެ 21 ވަނަ ދުވަހު ހިރިލަންދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ. އެ ފަހަރު އެރަށް މޮނީޓަރިންގެ ހާލަތުން ނެގީ މޭ މަހުގެ 26 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު