ޗެނަލް 13 އިން ގެނެސްދޭ "ހަޖަމް" ޕްރޮގްރާމްއާ ގުޅޭ މައްސަލައެއް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ފަށައިފިއެވެ.
ބްރޯޑްކޮމް އިން މިއަދު ކުރި ޓްވީޓެއްގައި ވަނީ ޗެނަލް 13 އިން ރޭ ގެނެސްދިން "ހަޖަމް" ޕްރޮގްރާމްގެ ކޮންޓެންޓް މި ކޮމިޝަންގެ ސަމާލްކަމަށް އައިސްފައިވާ ކަމަށެވެ. އަދި ކޮމިޝަނުން މައްސަލަ ބެލެމުގައި ގެންގުޅޭ އިޖުރާއަތްތަކާ އެއްގޮތަށް އެކަން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން ބްރޯޑްކޮމް އިން ވަނީ ހުރިހާ ބްރޯޑްކާސްޓަރުން، ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑު އަދި އުސޫލުތައް ހިފެހެއްޓުމަށް ނަސޭހަތްތެރިވެފައެވެ.
ޗެނަލް 13 އިން ރޭ ގެނެސްދިން "ހަޖަމް" ޕްރޮގްރާމްގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން ޝަމީމް، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކޮށްފައިވެއެވެ.
މީގެ އިތުރުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާވެސް ޕީޖީ ޝަމީމަށް ލިބިފައިވާ ކަމަށްވެސް އެ ޕްރޮގްރާމްގައި ވާހަކަދެއްކި މީހާ ތުހުމަތުކޮށްފައިވެއެވެ. އަދި ޝަމީމަށް އިތުރު ތުހުމަތުތައްވެސް އެ ޕްރޮގްރާމްގައި ވަނީ ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު