މޭ މަހުގެ ހަ ވަނަ ދުވަހު އެއްޗެއް ގޮއްވާލައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން އުޅުނު މައްސަލައިގެ ތަހުގީގު މަރުހަލާގައި އެމަނިކުފާނުފެ ފަރާތުން ވަކީލެއްގެ ގޮތުގައި އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަހްމަދު ނާޒިމް އަބްދުއްސައްތާރު ހަމަޖައްސަވައިފި އެވެ.
ހަމަލާއިން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގައި ހުންނަވައި ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމްއަށް، ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ބަޔާނެއް މުހިންމު ކަމަށް ޕީޖީ މީޑިއާގައި ވިދާޅުވެފައިވާ ކަމަށެވެ.
އެހެން ކަމުން އެ މައްސަލައިގައި އެމަނިކުފާނުގެ ފަރާތްޕުޅުން ވަކީލެއްގެ ގޮތުގައި ނާޒިމް ހަމަޖައްސާފައިވާ ކަމަށް އެ ސިޓީގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ގޮތާމެދު ރައީސް ނަޝީދުގެ އިތުރުން އާއިލާއިން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އަދި ހަމަލާއަށް ފަންޑުކުރި ފަރާތްތައް ހޯދިފައި ނުވުމުން ސަރުކާރަށް ވެސް ވަނީ، ނަޝީދުގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކާއި ޕްރެޝަރު އަމާޒު ވެފަ އެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލި މައްސަލައިގައި ޖުމްލަ 10 މީހަކު ހައްޔަރު ކޮށްފައިވާއިރު ހަތަރު މީހެއްގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ދައުވާ އުފުލައިފަ އެވެ. އަދި ބޮން ގޮއްވާލުމަށް ރިމޯޓަށް ފިތާލި ފަރާތާއި އެކު ޕީޖީން ވަނީ އިއުތިރާފްގެ އެއްބަސްވުމެއް ވެސް ހަދާފަ އެވެ. އަދިވެސް އެ މައްސަލައިގެ ތަހުގީގު އަންނަނީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު