ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެ ކަނބަލުން ދުބާއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ދުބާއީ ވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހުއެވެ.
ރައީސް އޮފީހުން ބުނީ ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގަތީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ.
ވަން އަށް އެނގިފައިވާ ގޮތުގައި ރައީސް ސޯލިހުގެ މި ދަތުރުފުޅަކީ މިދިޔަ މަހު އަވަހާރަވި އެމަނިކުފާނުގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހު ގެ ފާތިހާގެ ކަންކަމަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސް ސޯލިހު އަދި އާއިލާގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ ދުބާއީއަށް ވަޑައިގެން ފާތިހާގެ ކަންކަމުގައި ބައިވެރިވެވަޑައިގެންފަ އެވެ. އަދި ރައީސް ސޯލިހު ވަނީ ކޮއްކޯފުޅުގެ މަހާނަފުޅަށް ވެސް ޒިޔާރަތް ކުރައްވައިފަ އެވެ. ރައީސް ސޯލިހުގެ އާއިލާގެ ބޭފުޅުން އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުން ވެސް ވަނީ މި ފާތިހާގެ ކަންކަމުގައި ބައިވެރިވަޑައިގަތުމަށް ދުބާއީއަށް ވަޑައިގެންފަ އެވެ.
އުމުރުފުޅުން 57 އަހަރުގެ އަހުމަދު މުހައްމަދު ސޯލިހު އަވަހާރަވީ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު