ހދ،. ކުޅުދުއްފުށީ ގައި އޮތް ތެޔޮ ބައުޒަރެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، އެހާދިސާގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 11:55 އެހާކަންހާއިރު ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު، މާގިނައިރެއްނުވެ އޭގައި ރޯވި އަލިފާން ގަނޑު އެމްއެންޑީއެފް، ނޯތް އޭރިޔާ، ކުޅުދުއްފުށި ފަޔާ ސްޓޭޝަންގެ ސިފައިން ނިއްވާލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ނަމަވެސް އެ ތެޔޮ ބައުޒަރުގައި ރޯވީ ކޮން ސަބަބަކާހުގެ ކަމެއް އެމްއެންޑީއެފުން ބުނެފައެއް ނުވެއެވެ.