ތ. ކިނބިދޫން ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އަލާމާތްތައް ހުރެގެން މިމަހުގެ 18 ވަނަ ދުވަހު ނެގި ސާމްޕަލެއްގެ ނަތީޖާ މިއަދު ޕޮޒިޓިވްވުމާއެކު މިއަދު ހެނދުނު 9:00 ހާއިރުއެވެ.
އެރަށުން ޕޮޒިޓިވްވީ ކުޑަ ފިރިހެން ކުއްޖެކެވެ.
އެނގިފައިވާ ގޮތުގައި އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އީދަށް ފުރިހަމައަށް ތައްޔާރުވެފައި ވަނިކޮށެވެ. އެގޮތުން އެރަށް މޮނީޓަރިންއަށްލީކަން އެޗްޕީއޭއިން އެންގި ވަގުތަކީވެސް އެރަށުގައި އީދުގެ ކުޅިވަރުތައް ކުރިއަށްދިޔަ ވަގުތެވެ.
ކިނބިދޫން ކުއްޖަކު ޕޮޒިޓިވްވުމުން އެރަށް މޮނީޓަރިންއަށް ލާފައިވާ އިރު، ވަގުތީ ގޮތުން އީދުގެ ހަރަކާތްތައް ވަނީ މެދުކަނޑާލައިފައެވެ. އަދި ޕޮޒިޓިވްވި ކުއްޖާގެ ކޮންޓެކްޓުން ހޯދައި އެރަށުން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު