ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ހދ. ކުމުންދޫ ސިއްހީ މަރުކަޒަށާއި ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ހާލަތު ބައްލަވާ ލައްވައިފިއެވެ.
މި ތަންތަންތަނުގެ އިތުރުން ރައީސްގެ ދެކަނބަލުން ވަނީ ކުމުންދޫ ފެނާ ނަރުދަމާގެ މަސައްކަތް ކުރިޔަށްދާ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފައެވެ. މީގެ އިތުރުން ކުމުންދޫ ކުޅީ ސަރަހަށްއްދަށް ޒިޔާރަތްކުރައްވައި އެ ސަރަހައްދުވެސް ބައްލަވާ ލެއްވިއެވެ.
ރައީސްގެ ދެކަނބަލުން ކުމުންދޫ ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލްގެ ހާލަތު ބައްލަވާލައްވާފައިވާއިރު އެ ސްކޫލުގެ ޖާގައިވެ ދަތިކަން ހައްލުކުރުމަށް އިމާރާތްކުރާ 12 ކްލާސްރޫމްގެ މަޝްރޫއު މިހާރު އޮތީ ޕްރީ ޓެންޑަރިން މަރުހަލާގައެވެ.
ކުމުންދޫ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތުގެ މިހާރު ކުރިޔަށްދަނީ ވޯޓާ ނެޓްވާކްގެ މަސައްކަތާއި އާރުއޯ ބިލްޑިންގްގެ މަސައްކަތެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުމުންދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލަކީ ކުޅުދުއްފުށި ސިޓީއެވެ. ކުމުންދޫއަށްފަހު ރައީސްގެ ދެކަނބަލުން ހދ. ހަނިމާދުއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު