ލުމިނަސް ޓްރެއިންގ ސެންޓަރުން "ޕޮޒިޓިވް ތިންކިންގ" ސެޝަނެއް މިރޭ ބާއްވަން ހަމަޖައްސައިފިއެވެ.

އެސެންތަރުން ބުނީ މިރޭގެ މި ސެޝަންގައި ކިޔަވައިދެއްވާނީ، ސިވިލްސާވިސް ކޮމިޝަން (ސީއެސްސ)ގެ ކުރީގެ ރައީސް ޑރ. އަލީ ޝަމީމު ކަމަށެވެ.

ޑރ. ޝަމީމް އަކީ މެނޭޖްމަންޓް އާއި ޕޮލިޓިކަލް ސައެންސް ގެ ދާއިރާއިން ޑަބަލް މޭޖަރެއްގެ ގޮތުން ބެޗިލާރސް ޑިގުރީ ހާސިލްކޮށް، ޕޮލިޓިކަލް ސައެންސް ގެ ރޮގުން މާސްޓާސް ހަދައި، އަދި އިންޓަނޭޝަނަލް ޝްޓަޑީސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކޮށްފައިވާ ބޭފުޅެކެވެ.

މިއީ ލުމިނަސް ޓްރެއިންގ ސެންޓަރުން ކުރިއަށް ގެންދާ މިފަދަ ދެވަނަ ސެޝަނެވެ.

މި ސެޝަންގައި ޒިންމާދާރު މަގާމުތައް ފުރުއްވާ ބޭފުޅުން ފަހި ވިސްނުމަކަށް ދާންޖެހޭ ސަބަބުތަކާއި، ކަންކަން ހާސިލްކުރުމުގައި ފަހި ވިސްނުން ބޭނުންވާ ސަބަބުތަކާއި ދުނިޔަވީ މިފަދަ މި ސާލުތަކާއި، އިލްމީގޮތުން ފަހި ވިސްނުން ގެންގުޅުމުގެ މައުލޫމާތު ހިމެނޭނެއެވެ.

މި ސެޝަންގައި ބައިވެރިވުމުގެ ފީއަކީ 120 ރުފިޔާ އެވެ.

ސެންޝަންގައި ބައްވެރިވުމަށް އެދޭ ފަރާތްތަކުން 9507171 އަށް ވައިބާ މެސެޖެއް ކޮށްލުމުން، ނުވަތަ ގުޅުއްވުމުން ރަޖިސްޓްރޭޝަންގެ ކަންތައް ކުރިއަށް ގެންދެވޭނެއެވެ.

މީގެ އިތުރުން "ސްމާޓް ޕޭރަންޓަލް ސްކިލްސް" ޕްރޮގްރާމެއް އަންނަ އޮގަސްޓް މަހު ބޭއްވުމަށް ވެސް ލުމިނަސް ޓްރެއިންގ ސެންޓަރުންވަނީ ހަމަޖައްސައިފައެވެ.

މި ޕްރޮގްރާމްގައިވެސް ކިޔަވައިދެއްވާނީ ޑރ. އަލީ ޝަމީމެވެ.

ލުމިނިސް ޓްރެއިންގ ސެންޓަރަކީ މިފަދަ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ހިންގަމުން ގެންދާ ސެންޓަރެކެވެ.

އެގޮތުން އަންނަ އޮގަސްޓް މަހުގެ ތެރޭގައި ބޮޑެތި މީހުންގެ އިނގިރޭސި ބަހުގެ ޕްރޮގްރާމަކާއި، ދަނޑުވެރިންނަށް ހާއްސަ ކޮށްގެން ރާއްޖެއިން ލިބެން ހުންނަ ބާވައްތައް ބޭނުންކޮންގެން

ގަހަށް ޖެހޭ ބަލިތަކަށް ފަރުވާދޭނެ ގޮތްތަކާއި ބޭސްތައް ތައްޔާރުކުރުމަށް ދަސްކޮށްދޭ ޕްރޮގްރާމަކާއި، ޅެންވެރިންކަމާއި ލަވަހެއްދެވުމަށް ލޯބި ކުރައްވާ ފަރާތްތަކަށް އަމާޒުކޮށް އެފަދަ ޕްރޮގްރާމެއް ވަނީ އިއުލާންކޮށްފައެވެ.

މި ޕްރޮގްރާމް ތަކުގައި ބައިވެރި ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.