ރ. އިނގުރައިދޫގައި ކަރަންޓީނުގައި ހުރި މީހަކު އެރަށު ޕޮލިސް ސްޓޭޝަނަށް ގެއްލުން ދީފިއެވެ.

ފުލުހުން ބުނީ އިނގުރައިދޫގައި ކަރަންޓީނުގައި ހުރި މީހަކު، ކަރަންޓީން އުސޫލާ ހިލާފަށް މިއަދު ހަވީރު ބޭރަށް ނުކުމެ، އެރަށު ޕޮލިސް ސްޓޭޝަނަށް ގެއްލުންދީފައިވާ ކަމަށެވެ. އެމީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި ކަރަންޓީން އުސޫލާ ހިލާފުވެގެން އެމީހާ 10،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

އެމީހާ ޕޮލިސް ސްޓޭޝަނަށް ދިން ގެއްލުން ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.