ސެޕްޓެމްބަރު އިންޓޭކްގެ ކޯސްތަކަށް އެވިޑް ކޮލެޖުން ފުރުސަތު ހުޅުވާލައިފި އެވެ.
ސެޕްޓެމްބަރު އިންޓޭކަށް އެވިޑް ކޮލެޖުން ވަނީ ހަތްދިހައަށް ވުރެ ގިނަ ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާ ފައެވެ.
ކޯސްތައް ހިންގާ ދާއިރާތަކުގެ ތެރޭގައި ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމެންޓް، ހިއުމަން ރިސޯސް މެނޭޖްމެންޓް، އެކައުންޓިން އެންޑް ފައިނޭންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އޮފީސް މެނޭޖްމެންޓް، އެޑިޔުކޭޝަނަލް ލީޑާޝިޕް، ޓީޗިން ސެކަންޑްރީ، ޓީޗިން ޕްރައިމަރީ، އާލީޗައިލްޑްހުޑް އެޑިޔުކޭޝަން، ޝަރީއާ އެންޑް ލޯ، ޤުރުއާން ޓީޗިން، ސައިކޮލޮޖީއާއި ކައުންސެލިން އަދި އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިޔުކޭޝަން ހިމެނެއެވެ. މިދާއިރާތަކުގެ ސެޓްފިކެޓް ލެވެލް، ޑިޕްލޮމާ ލެވެލް، އެސޯސިއޭޓް ޑިގްރީ ލެވެލް، ބެޗްލަސް ޑިގްރީ ލެވެލް އަދި މާސްޓާސް ލެވެލްގެ ކޯސްތައް އެވިޑް ކޮލެޖްގައި ހިންގަމުންގެން ދެއެވެ.
އެވިޑް ކޮލެޖުގެ ޗެއަރަމަން އަބްދުالله މުސްތާގު ރަޝާދު ވިދާޅުވިގޮތުގައި، އެވިޑް ކޮލެޖުން ބޭނުންވަނީ ތަފާތު ގިނަ ދާއިރާތަކުގެ ޕްރޮގްރާމްތަކުން ރަނގަޅު ފެންވަރެއްގައި ރާއްޖޭގެ ރައްޔަތުންނަށް މަތީ ތައުލީމު ލިބޭނެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި އެފުރުސަތުގެ ބޭނުން ހިފައިގެން މަތީ ތައުލީމު ހާސިލްކޮށްގެން ނުކުންނަ ދަރިވަރުންނަކީ ހެޔޮގޮތުގައި މުޖުތަމައަށް ފައިދާކުރަނިވި ބަޔަކަށް ހެދުމެވެ.
މުސްތާގު ވިދާޅުވީ، އެވިޑް ކޮލެޖްގައި އަލަށް އުފެއްދެވި ފެކަލްޓީއެއް ކަމުގައިވާ "އެވިޑް ސްކޫލް އޮފް އޭވިއޭޝަން" އިން ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީގައި ހިދްމަތްކުރުމަށްޓަކައި ކަމަށް ގާބިލް ދަރިންތަކެއް އުފެއްދުމަށް ބޭނުންވެލައްވާ ކަމަށެވެ. މިގޮތުން ބޭނުންތެރި ތަފާތު ގިނަ ޕްރޮގްރާމްތައް އެފެކަލްޓީއިން އުފައްދަވައި އެފުރުސަތު އާންމުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވިއެވެ.
އެވިޑް ކޮލެޖްގެ ކޯސްތަކާ ބެހޭ މައުލޫމާތު ސާފުކުރުމަށް އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހަށް ގުޅުއްވާނީ 6846768 ނުވަތަ 7516080 ނަންބަރަށެވެ. މާލޭގައި ހިންގާ ޑައިމަންޑް ކެމްޕަހަށް ގުޅާނީ 3006768 ނުވަތަ 7883228 ނަންބަރަށެވެ.
އެވިޑް ކޮލެޖަކީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު އަމިއްލަ އެއް ކޮލެޖެވެ. އެކޮލެޖުގައި އަބަދުވެސް ކޯސްތައް ހިންގަމުންގެންދަނީ އާންމު ރައްޔިތުންނަށް އަތްފޯރާފަދަ އަގެއްގަ އެވެ. އަދި ދަރިވަރުންނަށް ފަސޭހައިން ފައިސާ ދެއްކޭގޮތަށް ބައްޓަންކޮށްގެންނެވެ. މިހާރުވެސް އެވިޑް ކޮލެޖްގައި އެކިއެކި ކޯސްތަކުގައި ދެހާހަށްވުރެ ގިނަ ދަރިވަރުން އަންނަނީ މަތީ ތައުލީމް ހާސިލް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު