ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް މާދަމާއިން ފެށިގެން އަމިއްލައަށް އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ވަނީ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކުރިން ޖެހި މީހުންނަށް އިސްކަންދީގެން ކޮވިޝީލްޑް ވެކްސިން ޖެހުމަށް އިއްޔެ އެޕޮއިންޓްމަންޓް ދޫކޮށްފަ އެވެ.
ނަމަވެސް އެ ނިންމުން ބަދަލުކޮށް އެޗްޕީއޭއިން ބުނީ، މިއަދުން ފެށިގެން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނީ book.hpa.gov.mv މެެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމުން ކަމަށެވެ. އަދި މިއަދުން ފެށިގެން ވެކްސިން ސެންޓަރުތަކުން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން އެޕޮއިންޓްމަންޓް ދޫ ނުކުރާނެ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ އެޕޮއިންޓްމަންޓް ހެއްދުމަށް ފަހު ވަގުތަށް ނާދެވިއްޖެ ނަމަ ބުކިން ކެންސަލްވާނެ ކަމަށެވެ. އެޕޮއިންމަންޓް ހެއްދުމަށް އެހީތެރިކަން ބޭނުންވާ ނަމަ 1676 އަކަށް ގުޅުމަށް އެޗްޕީއޭއިން އެދެއެވެ.
ކޮވިޝިލްޑް ވެކްސިން ލިބުން ދަތިވެ، މާލެ ސަރަހައްދުގައި އެ ވެކްސިން އާއްމުކޮށް ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.
ކޮވިޝިލްޑްގެ އިތުރު ޝިޕްމަންޓެއް ރާއްޖެ ގެނެސްފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ވެކްސިނެއް ކަމެއް ހާމައެއްނުކުރެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު