ދ. ހުޅުދެލީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތުގެ 68 ޕަސެންޓް ނިންމާލައިފި އެވެ.
އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން، 49,612 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 432 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 337 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި 252 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
މީގެ އިތުރުން މަގު ބައްތި ހަރުކުރުމާއި، 1,645 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓްވެސް ހަދާނެ އެވެ.
މި މަޝްރޫއަކީ 39.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު