ރާއްޖޭގެ ނޫސް މަޖައްލާތަކުގައި ޝާއިއުކުރާ ލިޔުންތައް ގާނޫނަކާ ހިލާފުވޭތޯ ކަނޑައަޅަން ވާނީ ދިވެހިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނާއި އެތަނުގެ އިސްވެރިންގެ ކަރާމަތަށް ރާއްޖޭގެ ބައެއް މީޑިއާތަކުންނާއި ސޯޝަލް މީޑިއާ ޕޯސްޓްތަކުން "ހަމަލާ ދޭ" ކަމަށް ބުނެ، އެކަން ހުއްޓުވަން ފިޔަވަޅު އަޅައިދޭން އިންޑިއާ ހައި ކޮޝަނުން ފޮރިން މިނިސްޓްރީގައި އެދިފައި ވަނިކޮށެވެ.
އަލީ ހުސެއިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމަކަށްވާ އިރު، ރާއްޖޭގެ ނޫސް މަޖައްލާތަކުގައި ޝާއިއުކުރާ ލިޔުންތައް ގާނޫނަކާ ހިލާފުވޭތޯ ކަނޑައަޅަންވެސް ވާނީ ދިވެހިން ކަމަށެވެ. އަދި ބޭރު ގައުމެއްގެ ނުފޫޒު ދައުލަތުގެ ހިންގުމުގެ ތެރެއަށް ވަދެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ނޫސްތަކަށް ފިޔަވަޅު އަޅައި ދިނުމަށް އެދި، އިންޑިއާ ހައި ކޮމިޝަނުން ފޮރިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ބުނެފަައި ވަނީ، ރާއްޖޭގެ ބައެއް މީޑިއާތަކުގައި ޝާއިއު ކުރި ލިޔުންތަކަކާއި ސޯޝަލް މީޑިއާ ޕޯސްޓުތަކުގައި ހައި ކޮމިޝަނާއި އެތަނުގެ ވެރިން އަދި ޑިޕްލޮމެޓިކް މުވައްޒަފުންގެ ކަރާމަތަށް "ހަމަލާ" ދީފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެކަން ދިވެހި ސަރުކާރުގެ ސަމާލުކަމަށް ގެންނަ ކަމަށެވެ.
އިންޑިއާ ހައި ކޮމިޝަނުން އެގޮތަށް ހުށަހަޅާފައި ވަނިކޮށް އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުން، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށްވެސް ވަނީ ހުށަހަަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު