މަކުނުދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި ދީނީ އިލްމްވެރިޔާ އަނާރާ ނައީމް ޕީއެޗްޑީ ހާސިލު ކުރައްވައިފި އެވެ.
ބާކައުންސިލްގެ އެކްސްކޯ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އަނާރާ ނައީމް ޕީއެޗްޑީ ހާސިލް ކުރައްވާފައިވަނީ އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވަސް (އައިޔޫއެމް) އިންނެވެ.
އައިޔޫއެމް އިން އިން ޕީއެޗްޑީ އަށް ކިޔަވަދޭން ފެށި ފުރަތަމަ ބެޗްގައި ހިމެނިވަޑައިގަތް އެ ސަނަދު ހާސިލު ކުރެއްވި ފުރަތަމަ އަންހެން ދަރިވަރަކީ ވެސް އަނާރާ އެވެ.
އަނާރާ ތީސީސް ލިޔުއްވާފައިވަނީ "ޝަރުއީ ސިޔާސަތުގެ އަލީގައި ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމު" އެ މައުލޫއަށެވެ. ޑިމޮކްރަސީއާއި އިސްލާމީ ނިޒާމު އަދި ރާއްޖޭގެ ނިޒާމުގެ މައްޗަށް އެކުލެވޭ އެ ތީސީސް އަނާރާ ލިޔުއްވާފައިވަނީ އަރަބި ބަހުންނެވެ.
އަނާރާ އެންމެ ފުރަތަމަ ޑިގްރީ ހާސިލު ކުރައްވާފައިވަނީ ގަތަރު ޔުނިވަސިޓީން، ޝަރީއަތާއި ގާނޫނީ ރޮނގުންނެވެ. މާސްޓާސް ފުރިހަމަ ކުރެއްވީ ރާއްޖޭގެ ގައުމީ ޔުނިވަސިޓީންނެވެ.
ރައްޔިތުންގެ މަޖިލީހުގައި އެއް ދައުރު އަދާކުރައްވާފައިވާ އަނާރާ ނައީމް ފާހަގަވެފައިވަނީ ރާއްޖޭގައި ތިބި މަދު އަންހެން ދީނީ އިލްމުވެރިންގެ ތެރެއިން ދީނީ ދަރުސް ދެއްވާ ކަނބަލެއްގެ ގޮތުގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު