ކާފިއު ނޫން ވަގުތު ތަކުގައި ފާހާ ނުލައި ބޭރުގައި އުޅުމުގެ ހުއްދަ ދޭން ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މާލެ ސަރަހައްދުގެ ކޮވިޑްގެ އަދަދު ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން އިތުރު ލުއިތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކާފިއު ނޫން ވަގުތުތަކުގައި ފާހާ ނުލައި ބޭރަށް ނުކުމެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރު އުސޫލު އޮންނަ ގޮތުން ކޮންމެ ގެއަކަށްވެސް ދޫކޮށްފައިވަނީ ދެ ފާހެވެ. އެގޮތުން ފާސް ދޫކޮށްފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެއީ ހެނދުނު 8:00 އިން މެންދުރު 12:00 އަށް އަދި އަނެއް ޕާމިޓް މެންދުރު 12:00 އިން ހަވީރު 6:00 އާ ހަމައަށެވެ.
ފުލުހުން ހުއްދަ ދޫކޮށްފައިވަނީ ކޮންމެ ގެއަކުން ވަކި މީހަކަށާއި އެ ނޫން މީހަކަށް އެ ފާސް ބޭނުން ނުކުރެވެއެވެ. ނަމަވެސް އެ ފާސް ކާފިއު ވަގުތުގައިވެސް ބޭނުން ނުކުރެވެއެވެ. އަދި އެ ފާސް ބޭނުންކޮށްގެން ހުޅުމާލެއަށްވެސް ދަތުރު ނުކުރެވެއެވެ.
ނަމަވެސް މިހާރު ކާފިއު ނޫން ވަގުތުތަކުގައި ހުޅުމާލެ ދަތުރު ކުރެވޭ ގޮތަށްވެސް ވަނީ ލުއި ދީފައެވެ.
މީގެ އިތުރުން މިއަދު ވަނީ ކާފިއު ވަގުތު ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ކުޑަކޮށް، ކާފިއު ނޫން ވަގުތުތަކުގައި ފާހާ ނުލައި ބޭރުގައި އުޅެވޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
މީގެ އިތުރުން މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދިނުމަށާއި ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުން 60 ދުވަހުގެ ތެރޭގައި ދަތުރު ކުރެވޭނެ ގޮތަށް ލުއި ދިނުމަށް ވެސް ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު