ޝާހްރުކްހާން އަށް އެއް ދުވަސްވަރެއްގައި އަބްދުއްރަހްމާން ކިޔާފައިވާކަމަށް އިންޓަވިއުއެއްގައި ޝާހްރުކް ހާން ބުނެފިއެވެ.
އަނޫޕަމް ކޭރުގެ ޓޯކްޝޯއަކަށް ދީފައިވާ އިންޓަވިއުއެއްގައި ޝާހްރުކް ހާންގެ މާމަ އޭނާއަށް ދީފައިވާ ނަމަކީ އަބްދުއްރަހްމާން ކަމުގައި އޭނާ ވަނީ ބުނެފައެވެ.
އަނޫޕަމް ކޭރު ޓޯކްޝޯގައި އަބްދުއްރަހްމާން ކިޔާ މީހަކު ދަންނަންތޯ ޝާހުރުކް ކުރެން ސުވާލުކުރެއެވެ. ޖަވާބުގައި އޭނާ ބުނެފައިވަނީ އެނަން ކިޔާ މީހަކު ނުދަންނަ ކަމަށާއި ނަމަވެސް ކުޑައިރު މާމަ އޭނައަށް ކިޔާފައިވަނީ އަބްދުއް ރަހްމާން ކަމަށެވެ. އަދި އެނަން ރަސްމީކޮށް ފާސްކޮށްފައި ނުވި ނަމަވެސް ކުޑައިރު އޭނާއަށް މުހާތަބު ކޮށް އުޅެނީ އެނަމުން ކަމުގައި ޝާހުރުކް ބުނެއެވެ.
ޝާހުރުކް ބޮޑުވެގެން އައި ދުވަސްވަރު އެ ނަމާ ގުޅުވައިގެން ލަވައެއް ކިޔައި ގާތްތިމާގެ ކުދިން ދިމާކޮށް ހަދާކަމުގައިވެސް އޭނާ ވަނީ ބުނެފައެވެ.
ޝާހްރުކްހާންގެ ނަމަށް ފަހުން ބަދަލުކުރީ އޭނާގެ ބައްޕަ ކަމަށާއި، ޝާހްރުކް ގެ މާނައަކީ އަމީރަކާއި ވައްތަރުގޮތެއް ހުރުން ކަމަށް އޭނާ ކިޔައިދެއެވެ.
ޝާހްރުކަށް ކުޑައިރު އަބްދުއް ރަހްމާން ކިޔަމުން އައިސްފައިވީނަމަވެސް އެއީ އޭނާ އެހާ ގަޔާވާ ނަމެއް ކަމަކަށް ނުވެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން