ހދ. ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 75 އިންސައްތަ ނިންމާލައިފި އެވެ.

އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށިލުމުގެ މަސައްކަތާއި ހާބަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 97 އިންސައްތަ ނިންމާލައިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 62,863 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި 331 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 204 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން 2,102 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރު ބައްތިއާއި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.

މި މަޝްރޫއުއަކީ 50.86 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.